23 Dec 2017, 11:01
އޮސްޓްރޭލިއާގެ ތާރީހުގައި ވެސް އަތުލައިގަތް އެންމެ ގިނަ މަސްތުވާތަކެތި، 1.2 ޓަނުގެ މެތު އަތުލައިގަނެ އަށް މީހަކު އޮސްޓްރޭލިއާ ފުލުހުން ހައްޔަރުކޮށްފި އެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.04 ބިލިއަން އޮސްޓްރޭލިއަން ޑޮލަރަށް (800 މިލިއަން އެމެރިކާ ޑޮލަރު) އަރަ އެވެ.
އޮސްޓްރޭލިއާގެ ފަސް އެޖެންސީއެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މަސްތުވާތަކެތި އޮސްޓްރޭލިއާ ފުލުހުން އަތުލައިގަތީ އިއްޔެ އެވެ.
ގާނޫނު ތަންފީޒު ކުރާ ފަރާތްތަކުން، އޮސްޓްރޭލިއާގެ ހަ މީހަކު ހައްޔަރުކުރީ ގެރަލްޑްޓޯން އިންނެވެ. އަނެއް ދެ މީހުން އަތުލައިގަތީ ޕާތުންނެވެ. ފުލުހުން އަތުލައިގަތް ވޭނުގައި 59 ކޮތަޅު ހިމެނެ އެވެ. އަދި އެއިން ކޮތަޅެއްގައި 20 ކިލޯގެ މެތު ހުއްޓެވެ.

އަނެއް 20 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ގެރަލްޑްޓޯން ބަނދަރުގައި އޮތް ބޯޓަކުންނެވެ. އެއާ އެކު އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 1.2 ޓަނަށް އަރަ އެވެ. ފުލުހުން ބުނީ ގެރަލްޑްޓޯން އިން އަތުލައިގަތް 20 ކިލޯގެ މަސްތުވާތަކެއްޗަކީ، ފުލުހުން އަތުލައިގަތް ވޭނުން ބޯޓަކަށް އެރުވި އެއްޗިހި ކަމަށެވެ.
މިފަހަރު އަތުލައިގަތް މަސްތުވާތަކެއްޗަކީ ކުރިން އަތުލައިގަނެވިފައިވާ އަދަދަށް ވުރެ 99 ކިލޯ ގިނަ އަދަދެކެވެ. މިދިޔަ އެޕްރީލް މަހު މެލްބަނުން ވަނީ 903 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.
އިއްޔެ އަތުލައިގަ މީހުންގެ އުމުރު އުޅެނީ 33 އަހަރާއި 52 އަހަރާ ދޭތެރޭގަ އެވެ.
މައުލޫމާތު: އާރުޓީ