23 Dec 2017, 14:08
ރާއްޖޭގެ ރިސޯޓެއްގައި ބުދު ބެހެއްޓި ކަމުގެ ޝަކުވާ ފުލުހަށް ހުށަހަޅައިގެން، ފުލުހުން ބެލި އިރު ބުދުތައް ނަގައިފި އެވެ.
އެނގިފައިވާ ގޮތުން ބުދު ގޮތަށް ޑިޒައިންކޮށް މަށިން ހަދާފައި ހުރި އެއްޗެއްހިތަކެއް ބަހައްޓާފައި ހުރީ ފޯސީޒަން، ކުޑަހުރާގަ އެވެ.
އެތަނުގައި ބަހައްޓާފައި ހުރި ބުދު ކަމަށް ބުނާ ތަކެތީގެ ފޮޓޯތައް މުޅި ސޯޝިއަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ރިސޯޓަށް އަރަން އޮންނަ ފާލަމުގެ ދެ ފަރާތުގައި ގާތްގަނޑަކަށް ހަ ބުދު ވަނީ ބަހައްޓައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިސޯޓެއްގައި ބުދު ބެހެއްޓިކަމުގެ ޝަކުވާއެއް ފުލުހުންނަށް ހުށަހެޅި ކަމަށާއި ފުލުހުން ބެލި އިރު އެތަކެތި ނަގާފައިވާ ކަމަށެވެ. އެއީ ކޮން ރިސޯޓެއް ކަމެއްވެސް ފުލުހުން ނުބުނެ އެވެ.
އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބުދު ބެހެއްޓި މައްސަލައެއްގައި ރާއްޖޭގައި ގިނަ ބަޔަކު މުޒާހަރާ ވެސް ކުރި އެވެ.