ރާއްޖޭގެ އެންމެ މަޝްހޫރު ޕްރެޒެންޓަރުންގެ ތެރޭގައި ހިމެނޭ މޫސާ ވަސީމް ދައުލަތުގެ މީީޑިއާ، ޕަބްލިކް މީޑިއާ ސާވިސް (ޕީއެސްއެމް) އިން ވަކިވެއްޖެ އެވެ.

ދައުލަތުގެ މީޑީއާއިން މޫސަ ވަކިވެފައިވާކަން އޭނާގެ ގާތް މީހަކު ވަނީ "ސަން" އަށް ކަށަވަރުކޮށްދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން މޫސައަށް ގުޅި އިރު އޭނާ ފޯނަށް ޖަވާބު ނުދޭތީ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފަ އެވެ.

މޫސަގެ ގާތް މީހަކު ބުނީ، އޭނަ ޕީއެސްއެމް އިން އިސްތިއުފާ ދިނީ މިއަދު ކަމަށާއި އިސްތިއުފާ ދިން ސަބަބެއް ނޭނގޭ ކަމަށެވެ.

މޫސަ ވަނީ އޭނާ އިސްތިއުފާދިންކަން ޕީއެސްއެމްގެ ބައެއް ވައިބާ ގުރޫޕްތަކުގައި ވެސް ހިއްސާކޮށްފަ އެވެ. ޕީއެސްއިން ވާހަކަ ދެއްކި މީހަކު ބުނީ، މޫސަ ވަކިވުމުގެ ކުރިން ވައިބާ ގުރޫޕްގައި އެ މީޑިއާއަށް ފާގަތިކަން އެދޭ ކަމަށާއި އެކުގައި މަސައްކަތްކުރި މީހުންނަށް ރަނގަޅު މުސްތަގުބަލަކަށް އެދި މެސެޖެއް ކޮށްފައިވާ ކަމަށެވެ.

މޫސަ އާންމުންގެ ތެރެއަށް އެންމެ ބޮޑަށް ފެނިގެންގޮސްފައި ވަނީ ހަބަރު ކިޔުންތެރިއެއްގެ ގޮތުގަ އެވެ. އެއަށްފަހު އޭނާ ވިދާލީ މޯލްޑިވިއަން އައިޑަލްގެ ހޯސްޓެއްގެ ގޮތުގަ އެވެ. މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއް ފަށާއިރު އޭނާއަކީ އެ ޝޯގެ ވެސް ހޯސްޓެކެވެ.

މޫސަ ވަނީ ދައުލަތުގެ މީޑީއާގައި 13 އަހަރު ހޭދަކޮށްފަ އެވެ.