03 Jan 2018, 15:07
މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މާޗް މަހުގެ ހަ ވަނަ ދުވަހަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.
މި ދުވަހަކީ، ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައިތަރިކަ މަޝްރޫޢު އިފްތިތާޙު ކުރެއްވި ދުވަހެވެ. ތަރިކަ މަޝްރޫއު އިފްތިތާހު ކުރެއްވީ މިދިޔަ އަހަރު އެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަ ކުރައްވާގޮތަށް ހަމަޖެއްސެވީ، ތަރިކަ މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް ކަމަށްވާތީ ކަމަށެވެ.
މި ދުވަސް ފާހަގަ ކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި [ތަރިކަ] ކޮމިޓީ ގުޅިގެންނެވެ.
\