07 Jan 2018, 09:19
ވޮޝިންގްޓަން (އޭޕީ) - ހަނދަށް ދިޔަ މީހުންގެ ތެރެއިން ނުވަ ވަނައަށް ހަނދުގައި ހިނގި އެމެރިކާގެ އެސްޓްރޮނޯޓު އުމުރުން 87 އަހަރުގައި މަރުވެއްޖެ އެވެ.
މިހާތަނަށް ހަނދުގައި ހިނގި 12 މީހުންގެ ތެރޭގައި ހިމެނޭ، އެމެރިކާގެ ނޭވީ ޓެސްޓް ޕައިލެޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ޖޯން ޔަންގް މަރުވެފައި ވަނީ ނިއުމޯނިއާ ބަލީގައި މިދިޔަ ހުކުރު ދުވަހު އޭނާގެ އުފަން ރަށް ހޮސްޓަންގަ އެވެ.
ނާސާގެ ޖެމިނީ، އެޕޯލޯ އަދި ސްޕޭސް ޝަޓަލް ޕްރޮގްރާމުތަކުގައި ޖަށްވަށް ގޮސްފައިވާ ހަމައެކަނި އެސްޓްރޮނޯޓު، ޔަންގަކީ އެމެރިކާގެ ސްޕޭސް ޕްރޮގްރާމުގައި އެންމެ ކާމިޔާބު އެއް އެސްޓްރޮނޯޓެވެ.
އެގޮތުން އޭނާ ވަނީ 1960 ވަނަ އަހަރުގެ ތެރޭގައި ނާސާގެ ޖިމިނީ ޕްރޮގްރާމުގެ ދަށުން ދެ ފަހަރު، 1980 ވަނަ އަހަރުގެ ތެރޭގައި އެޕޯލާ ލޫނާ މިޝަންތަކުގައި ދެ ފަހަރު އަދި ސްޕޭސް ޝަޓަލްސްގެ ދަތުރުތަކުގައި ދެ ފަހަރު ޖައްވަށް ގޮސްފަ އެވެ.
ޔަންގުއަށް ހަނދުގައި ހިނގުމުގެ ފުރުސަތު ލިބުނީ، ޖައްވަށް ދިޔަ ހަތަރު ވަނަ ދަތުރުގައި، 1972 އަހަރުގެ އޭޕްރިލް މަހު އެޕޯލޯ16 މިޝަންގަ އެވެ.
އެމެރިކާގެ ޖައްވީ އެޖެންސީން އޭނާ ރިޓަޔާވީ 2004 ވަނަ އަހަރު އެވެ.