09 Jan 2018, 11:37
މިދިޔަ ހޮނިހިރު ދުވަހު ގދ. ހޯނޑެއްދޫ އިންޖީނުގޭގެ ތިޖޫރި ވަގަށްނެގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހޯނޑެއްދޫއިން 23 އަހަރުގެ ފިރިހެނެއް ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ހިންގާ ހޯނޑެއްދޫ އިންޖީނުގޭގެ ތިޖުރީ ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ލިބުމާ އެކު ފުލުހުން ކުރި މަސައްކަތުން ތިޖޫރި ހޯދިފައިވީ ނަމަވެސް، ތިޖޫރިގައި ހުރި 43،000 ރުފިޔާ ހޯދިފައި ނުވާކަމަށެވެ.