14 Jan 2018, 11:40
ކާމިޔާބު ޑައިރެކްޓަރު ނީރާޖް ޕަންޑޭ ޑައިރެކްޓު ކުރާ ފިލްމު "އައިޔާރޭ" ރިލީޒްކުރުން ފަސްކޮށްފި އެވެ.
ފިލްމުގެ ޑައިރެކްޓަރު ބުނީ ފިލްމު ރިލީޒްކުރުން ފަސްކުރީ އެ ދުވަސްވަރަކީ އަކްޝޭ ކުމާރުގެ 'ޕެޑްމޭން' އަދި ދީޕިކާ ޕަދުކޯންގެ 'ޕަދްމާވަތީ' ރިލީޒްކުރާތީ ކަމަށެވެ.
"އެއްފަހަރާ ފިލްމުތައް ރިލީޒްކުރަން ވީމާ ފިލްމުތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބޭނެ. އާމްދަނީ ވެސް ރަނގަޅެއް ނުވާނެ." ޕަންޑޭ ބުންޏެވެ.
Looks like you’ll have to wait a couple of weeks longer to witness our#Aiyaary. Now in cinemas on Feb 9https://t.co/UVW6YvTYiv#AiyaaryReleasingOnFeb9@aiyaary@S1dharthM@BajpayeeManoj@Rakulpreet@Pooja_Chopra_@AnupamPkher@ShitalBhatiaFFW
— Neeraj Pandey (@neerajpofficial)January 13, 2018
މިހާރު ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ކުރިން ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މި މަހުގެ 26 ގަ އެވެ.
ސިދާތް މަލްހަތްރާ ފިލްމުގެ ލީޑުން ފެނިގެންދާއިރު ފިލްމަކީ ބަލައިލަން ސަޅި އަދި މުހިއްމު މެސެޖެއްދޭ ފިލްމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.