ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސްރީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ނަސްރީން ޕީއެސްއެމްގެ އެމްޑީކަމުން އިސްތިއުފާދެއްވީ ސަރުކާރުގެ އެހެން މަގާމަކަށް ބަދަލުވެވަޑައިގަތުމަށެވެ.
ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ނަސްރީން އައްޔަން ކުރެއްވީ ޑިސެމްބަރު 23، 2024 ގައެވެ. އެއީ އޭރު އެމަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭގެކުރިން އެމަގާމުގައި ހުންނެވީ ޒީނާ ޒާހިރުއެވެ. ޒީނާ އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.
އެހެންކަމުން ދެ އަހަރުގެ ތެރޭގައި ޕީއެސްއެމްގެ އެމްޑީ ކަމަށް ވަޑައިގެންނެވި ތިން ބޭފުޅުންވެސް މިވަނީ އެމަގާމުން އިސްތިއުފާދެއްވާފައެވެ.
މީގެ 15 އަހަރު ކުރިން ދައުލަތުގެ މީޑީއާއާ ގުޅިވަޑައިގެންނެވި ނަސްރީން ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުކަމާއި އީ-ކޮމާސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން އޭނާ ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރަކަށެވެ.