މީޑިއާތަކުން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހިން" ކެމްޕެއިނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

މިއަދު މެންދުރު 2 ޖެހުމާ ހަމައަށް ކުރިއަށްދާ މި ޓެލެތޯނުގެ ތެރެއިން ޕީއެސްއެމް ސްޓޫޑިއޯއަށް ވަޑައިގެން ސަރުކާރުން އޮފީސްތަކުންނާއި، އަމިއްލަ ކުންފުނިތަކުން އަންނަނީ ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާ ކުރައްވަމުންނެވެ.

އެގޮތުން

  • އެމްއޭސީއެލް އިން 250،000 ރުފިޔާ

  • ބޭންކް އޮފް މޯލްޑިވްސްއިން 25،000 ޑޮލަރު
  • ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްއިން 10،001 ޑޮލަރު
  • ރައީސް އޮފީސް ކްލަބްއިން 50،000 ރުފިޔާ
  • ލިލީ އެންޑް މާގިރިއިން 50،000 ރުފިޔާ
  • ރަޝީދު ކާޕެންޓަރީއިން 150،000 ރުފިޔާ
  • އިކޮނޮމިކް މިނިސްޓްރީއިން 30،199 ރުފިޔާ
  • އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީޒްއިން 250،000 ރުފިޔާ
  • ފޮރިން މިނިސްޓްރީއިން 59،000 ރުފިޔާ
  • ބީސީސީ އިން 35،000 ރުފިޔާ
  • އިދާރީ ދާއިރާތަކާ، ސިޓީޒް ތަކާ ބެހޭ މިނިސްޓްރީއިން 75،757 ރުފިޔާ
  • އެޗްޑީސީއިން އެއް ލައްކަ ރުފިޔާ
  • ވެކްމޯއިން އެއް ލައްކަ ރުފިޔާ
  • ފެނަކައިން 100،000 ރުފިޔާ
  • އެމްޓީސީސީއިން 100،000 ރުފިޔާ
  • ވިޒިޓް މޯލްޑިވްސްއިން 30،000 ރުފިޔާ
  • ޕީއެންސީ ޕާޅިމަންޓްރީ ގްރޫޕްއިން 300،000 ރުފިޔާ
  • އެމްޓީޑީސީ 50،000 ރުފިޔާ
  • އާސަންދައިން 75،000 ރުފިޔާ
  • ފޮރިން މިނިސްޓްރީއިން 59،000 ރުފިޔާ
  • މިފްކޯއިން 2500 ޑޮލަރު
  • އާރްޑީސީއިން 100،000 ރުފިޔާ
  • މޯލްޑިވްސް ފަންޑް މެނޭޖްމަންޓްއިން 50،000 ރުފިޔާ
  • ލިލީ އެންޑް މާގިރިއިން 50،000 ރުފިޔާ
  • ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ އިން އެއްލައްކަ ރުފިޔާ

މީގެ އިތުރުންވެސް ސަރުކާރު އޮފީސްތަކުންނާއި ކުންފުނިތަކުން އަދި ވަކިވަކި ފަރުދުން ވެސް މި ޓެލެތޯން މެދުވެރިކޮށް އަންނަނީ ފައިސާގެ އެހީ ފޯރުކޮށްދެއްވަމުންނެވެ.

ސްރީލަންކާއަށް ކުރި ބޯ ވިއްސާރަ އާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 200އެއްހާ މީހުންގެ ފުރާނަ ގެއްލި 15،000 އަށްވުރެ ގިނަ ގެދޮރު ބޭނުން ނުކުރެވޭ މިންވަރަށް ވަނީ ހަލާކުވެފަ އެވެ.