ވިސްނުމަކީ ވީހާވެސް ބޮޑަކަށް މަލްޓި ސެކްޓޯރިއަލް އެޕްރޯޗްއެއްގެ ތެރެއިން މަސައްކަތް ކުރުން ކަމަށް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން ގެ ޑިރެކްޓާ ޖެނެރަލް އާދިލާ ރުޝްދީ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ޕެނެލް ޑިސްކަޝަން "ޝާމިލު މަޝްވަރާ: ޑިސްއެބިލިޓީ އިންކްލޫޝަން އެންޑް ބިޔޯންޑް" ގައި ވާހަކަ ފުޅުދައްކަވަމުން އާދިލާ ވިދާޅުވީ އުގެނުމުގަ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން މުޖުތަމައުގަ ބާރުވެރި ކުރުވުމަށްޓަކާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ވީހާވެސް ބޮޑަށް މަލްޓި ސެކްޓޯރިއަލް އެޕްރޯޗްއެއްގެ ތެރެއިން މަސައްކަތްތަށް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އާދިލާ ފާހަގަކުރެއްވިއެވެ.
މަލްޓި ސެކްޓޯރިއަލް އެޕްރޯޗެއްގެ މާނަ އަކީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އާއި ހުރިހާ ސްކޫލްތަކާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ހުރިހާ ޑިޕާޓްމަންޓް ސެކްޝަންތަށް ގުޅިގެން އަދި އޭގެ އިތުރަށް މުޖުތަމައުގަ ހުރި އެހެނިހެން މުއައްސަސާތަށް ގުޅިގެން މަސައްކަތް ކުރުން ކަމަށް އާދިލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން އިން ސްކޫލްތަކަށް ގައިޑެންސް ނުވަތަ ޝާމިލް ކޮށްގެން އުގަންނާ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދަންވާ ގޮތުގެ މަޝްވަރާތައް ނުވަތަ އިރުޝާދުތަށް ދެމުން އަންނަކަން ފާހަގަކުރައްވާ އާދިލާ ވިދާޅުވީ އިރުޝާދުތަށް ދިނުމުގައ ސްކޫލް ތަކުގަ ހޯލް ސްކޫލް އެޕްރޯޗް އެއްގެ ތެރެއިން މަސައްކަތް ކުރުމުގެ އިތުރުން މުޅި ސްކޫލް ހިމެނޭ މުޖުތަމައު ގުޅިގެން މަސައްކަތް ކޮށް ހާއްސަ އެހީ އަށް ބޭނުންވާ ދަރުވަރުންނަކީ ގާބިލް، ހުނަރުވެރި ދަރިވަރުންނަށް ހެދުމަށްޓަކާ މަސައްކަތް ކުރުމަކީ މިހާރު މަސައްކަތް ކުރަމުން ދާ އެޕްރޮޗް ކަމަށެވެ.
މި ގޮތުން ކުރެވޭ މަސައްކަތްތަކަށް ބަލާލާއިރު މި އަހަރު ފޯކަސް ކޮށްގެން ތައިބަ ޕްރޮޖެޗކްޓަށް ވަރަށް ބޮޑަށް މަސައްކަތް ކުރެވިފައިވާނެ ކަމަށާއި ތައުލީމަށް އިންގިލާބީ ބަދަލެއް ގެނައުމަށް ޓަކައި ކުރެވޭ މަސައްކަތްތަކުގެ ޕާޓްނާ އަކީ ޔުނިސެފް މޯލްޑިވްސް އަދި ޑީޕީއީ ގެ ފަންޑްގެ ދަށުން ގެނދާ ހަރަކާތްތަކެއްކަމަށް އާދިލާ ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ތެރޭގައި ހިމެނޭ ކޮންމެ ހަރަކާތަކި އިންކްލޫޝަން ފޯކަސް އަށް މަސައްކައްކުރާ ހަރަކާތްތަކެއްކަމަށް އާދިލާ ވިދާޅުވިއެވެ.