ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި ގެންނަން ބަދަލާ އެކު، ފިރިހެން ކުދިންނަށް ތުނބުޅި މަތިމަސް ބެހެއްޓޭ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.ރާއްޖޭގެ ސްކޫލްތަކުގައި ގްރޭޑް 11 އިން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ މިހާރުވެސް އޮވެއެވެވެ. އެހެންނަމަވެސް އެއަށްވުރެ ދަށް ގްރޭޑްތަކަށް އެ ހުއްދައެއް ނޯވެއެވެ.
އަންނަ 2027 ވަނަ އަހަރުގެ ދިރާސީ އަހަރާއި އެކު ސްކޫލްތަކުގެ ޔުނީފޯމާއި އެކްޓިވިޓީ ޔުނިފޯމަށް ބަދަލު ގެންނަން ނިންމާ ޔުނީފޯމް ހުންނާނެ ގޮތުގެ ނަމޫނާ މިހާރު ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލި އުސޫލޫގައި ވަނީ މި ބަދަލާއި އެކު ގްރޭޑް 9 އަކުން މަތީގެ ދަރިވަރުންނަަށް ތުނބުލި މަތިމަސް ބެހެއްޓުމަށް ހުއްދަދީފައެވެ. އެހެންނަމަވެސް ތުނބުޅި މަތިމަސް ބަހައްޓާ ކުދިން ހުންނަންވާނީ އެއްވަރަށް ކުރުކޮށް ކޮށާފައެވެ.
މީގެއިތުރުން ފިރިހެން ދަރިވަރުންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ކުރުކޮށް ކޮށާފައިެވެ. ބޮލުގައި ކުލަޖައްސައި ހައިލައިޓުކުރުމާއި ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ވެސް މަނާ ކަމެކެވެ. މީ މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލެވެ.