ހުކުރު ހުތުބާ ތައްޔާރުކުރާނެ މައުޟޫތަކާ ގުޅޭގޮތުން ހިލާލަށް އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރު ހުތުބާ ލިޔާ މައުޟޫތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން މި އަހަރު ހުތުބާ ލިޔުމަށް މައުޟޫ ހުށަހެޅުމަށް މިހާރު ހުޅުވައިލައިފައިވާކަމަށާއި އެ މައުޟޫތައް މިނިސްޓްރީގެ ޕޯސްޓުގެ ކޮމެންޓުގައި ހުށަަހަޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެ ޕޯސްޓަށް ބައެއް ބޭފުޅުން މިހާރުވެސް ވަނީ ކޮމެންޓުކޮށް މައުޟޫތައް ހުށަހަޅައިފަ އެވެ. ފަހަކަށް އައިސް ހުތުބާތަކުގެ މައުޟޫތައް ގިނައިން ހުންނަނީ ޒަމާނީ މައްސަލަތަކަށް އަލިއަޅުވައިލައިފައެވެ.

ޒަމާންތަކެއް ވަންދެން ރާއްޖޭގައި ކިޔަމުން ދިޔައީ އެއް ހުތުބާ ތަކެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ވަނީ އެކަން ބަދަލުކޮށް ކޮންމެ ހުކުރެއްގައި ވެސް ތަފާތު ހުތުބާއެއް ކިޔަމުން ނެވެ.