ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 'ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް' ގެ ވެރިޔާ ހުސައިން ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ސަނީ އުމަރުގެ ބަންދަށް މިދިޔަ ޑިސެމްބަރު މަހު 30 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން އަލުން ބަންދު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފަ އެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ސަނީ ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް (އެފްސީޕީ)އަށް ހާޒިރުކުރިއެވެ.
ފުލުހުން ބުނިގޮތުގައި، އޭނާ ހައްޔަރުކުރީ އެ ދުވަހު ފިލައިގެން ރާއްޖޭން ބޭރަށް ފުރަން އެއާޕޯޓުގައި ހުއްޓައެވެ.
އޭގެ ފަހުން ސަނީ ދޫކޮށްލުމަށް ފަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ އަލުން ހައްޔަރު ކުރި އެވެ.
ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.