މި ނިމިދިޔަ 2025ވަނަ އަހަރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް މުޅި ޖުމްލަ 2,246,516 (ދެ މިލިއަން ދުވިސައްތަ ސާޅީސް ހަހާސް ފަސްސަތޭކަ ސޯޅަ) ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ. އަދި މިއީ 2024ވަނަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި 2,046,615 ( ދެމިލިއަންސާޅީސް ހަހާސް ހަ ސަތޭކަ ފަނަރަ) ފަތުރުވެރިންނާ އަޅާ ބަލާއިރު 9.8 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ޑިސެމްބަރު މަހު ގައި ކަމަށާއި ޑިސެމްބަރ މަހުގައި އެކަނިވެސް ރާއްޖެއަށް 224,455 (ދުވިސައްތަ ސައްވިސް ހާސް ހަތަރުސަތޭކަ ފަންސާސް ފަހެއް) ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.
ހަމަ މިއާއެކު ޖަނަވަރީ މަހުގައި 214,863 (ދުވިސައްތަ ސާދަ ހާސް އައްސަތޭކަ ފަސްދޮޅަސް ދިނެއް) ފަތުރުވެރިން، ފެބްރުއަރީ މަހުގައި 214,091 (ދުވިސައްތަ ސާދަހާސް ނުވަދިހަ އެކެއް) ފަތުރުވެރިން، މާރިޗު މަހުގައި 203,468 (ދުވިސައްތަ ތިން ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް އަށެއް) ފަތުރުވެރިން، އެޕްރީލް މަހުގައި 198,322 (ސަތޭކަ ނުވަދިހަ އައް ހާސް ތިން ސަތޭކަ ބާވީސް) ފަތުރުވެރިން، މެއި މަހުގައި 135,614 ( ސަތޭކަ ތިރީސް ފަސް ހާސް ހަސްތޭކަ ސާދަ)ފަތުރުވެރިން، ޖޫން މަހުގައި 141,772 ( ސަތޭކަ ސާޅީސް އެއް ހާސް ހަތްސަތޭކަ ހަތްދިހަ ދޭއް) ފަތުރުވެރިން،ޖުލައި މަހުގައި 186,738 ( ސަތޭކަ އައްޑިހަ ހަހާސް ހަތް ސަތޭކަ ތިރީސް އަށެއް) ފަތުރުވެރިން، އޮގަސްޓް މަހުގައި 192,058( ސަތޭކަ ނުވަދިހަ ދެ ހާސް ފަނސާސް އަށެއް) ފަތުރުވެރިން، ސެޕްޓެންބަރު މަހުގައި 149,563 ( ސަތޭކަ ސާޅީސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ތިނެއް) ފަތުރުވެރިން، އޮކްޓޫބަރު މަހުގައި 190,445 ( ސަތޭކަ ނުވަދިހަ ހާސް ހަތަރު ސަތޭކަ ސާޅިސް ފަހެއް) ފަތުރުވެރިން ގެ އިތުރުން ނޮވެންބަރު މަހުގައި 195,127 ( ސަތޭކަ ނުވަދިހަ ފަސް ހާސް އެއް ސަތޭކަ ހަތާވީސް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކައެވެ.
މީގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރި 3 ގައުމު ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިއާ، އަދި އިނގިރޭސިވިލާތެވެ. އެގޮތުން ޗައިނާ އިން 329,428 ( ތިން ސަތޭކަ ނަވާވީސް ހާސް ހަތަރު ސަތޭކަ އަށާވީސް) ފަތުރުވެރިން، ރަޝިއާ އިން 278,760 ( ދުވިސައްތަ ހަތްދިހަ އައް ހާސް، ހަތް ސަތޭކަ ފަސްދޮޅަސް) ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 202,171 ( ދުވިސައްތަ ދެ ހާސް އެއް ސަތޭކަ ހަތްދިހަ އެކެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ހަމަ މިއާއެކު މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިން ވަނީ ރާއްޖޭގައި 5.4 ބިލިޔަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާއެވެ. 2025ވަނަ އަހަރު ފަތުރުވެރިން ހޭދަކުރި 5.4 ބިލިޔަން ޑޮލަރަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %15.8 ގެ އިތުރު އަދަދެކެވެ.
މިއީ އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް ފަތުރުވެރިން ހޭދަކުރި އަދަދުތަކަށް ބަލާއިރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ފައިސާ ހޭދަކުރި އަހަރެވެ. އަދި މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަހަރެއްކަން ފާހަގަކުރެވެއެވެ.