ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި 'ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް' ގެ ވެރިޔާ ހުސައިން ސަނީ އުމަރު ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކޮށްފި އެވެ.

ސަނީގެ ގެ ބަލައި ފާސް ކުރީ އޭނާ ހައްޔަރު ކުރިތާ މަހަކަށް ވުރެ ވެސް ގިނަ ދުވަސް ވީ ފަހުންނެވެ. ގެ ބަލައި ފާސްކުރީ ފުލުހުން އޭނާ އާއެކު އޭނާ އުޅޭ ގެއަށް ގޮސްގެންނެވެ.

އޭނާ އެ ގެއަށް ގެންދިޔަ ވަގުތު ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދުގައި ތިއްބެވެ. އޭނާ އެގެއަށް ގެންދިޔުމުން އާއިލާއިންނާއި ގޭގެ މީހުން އެ ސަރަހައްދުގައި ނުރުހުން ފާޅު ކުރަމުންދިޔަ މަންޒަރު ފެނެ އެވެ.

އޭނާ މި ވަގުތުހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.