އުރީދޫ މޯލްޑިވްސް އިން ދެމުންދާ ފައިބަރ އިންޓަނެޓު ކަމަށްވާ "ސުޕަނެޓު" ނަގައިގެން ސްމާޓާ ހޯމް ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

މި ލިމިޓެޑް ޓައިމް ޕްރޮމޯޝަންގެ ދަށުން އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންސް އާއި އިތުބާރު ހިފޭ ހައި-ސްޕީޑް އިންޓަރނެޓް އެކުލެވިގެންވާ ހިލެ އީޒެޑްވިޒް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް ލިބޭނެއެވެ.

މީގެ ތެރޭގައި ސުޕަނެޓް 40 އެމް ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާއެއް ލިބޭނެއެވެ. އަދި ސުޕަނެޓް 50 އެމް އާއި އެއަށްވުރެ މަތިން ނަގާ ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާ އާއި އީޒެޑްވިޒް ކްލައުޑް ސްޓޯރޭޖް ލިބޭނެ އެވެ.

ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑާއެކު އުފައްދާފައިވާ މި ސްމާޓް ހޯމް އޮފަރ ފަރުމާކޮށްފައި ވަނީ މެދުނުކެނޑި ހައި ސްޕީޑް އިންޓަރނެޓްގެ އެހީގައި ސްމާޓް ޑިވައިސްތައް އެންމެ ފުރިހަމައަށް ބެނުންކުރެވޭނެ ގޮތަށެވެ. ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި ތިބެގެން މޮނިޓަރ ކޮށް، ގުޅުވާލައި، ކޮންޓްރޯލް އަދި ބަލާލެވޭނެއެވެ.

މި ހަރަކާތަކީ އުރީދޫ މޯލްޑިވްސްއިން މުވާސަލާތީ ވަސީލަތްތަކާއި ޑިޖިޓަލް ސޮލިއުޝަންތައް އެއްކޮށްލައި، އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތް ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށް އުރީދޫއިން ބުނެ އެވެ.

މި ޕްރޮމޯޝަނާ ބެހޭ މައުލޫމާތު އުރީދުގެ ވެބްސައިޓުން ލިބޭނެ އެވެ.