ހާހަކާއި ގާތްކުރާ އަދަދެއްގެ މީހުންނާއެކު އަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް ރާއްޖެ އައިސްފިއެވެ.
އިމިގްރޭޝަނުން (އެކްސް ގައި) ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް، އެމްއެސް ކްރިސްޓަލް ސިފަނީ ރާއްޖެ އައިސްފައިވަނީ ހޯމަ ދުވަހު ކަމަށެވެ.
މި ކްރޫޒް ޝިޕްގައި 479 ފަތުރުވެރިންނާއި، 491 ފަޅުވެރިން އައިސްފައިވާކަމަށާއި މިއާއެކު މި ކްރޫޒް ޝިޕުން ރާއްޖެ އައި މީހުންގެ ޖުމްލަ އަދަދު 970 އަރާކަމަށް އިމިގުރޭޝަން އިން މައުލޫމާތުދެއެވެ.
މިއަހަރު ރާއްޖެއިން މަރުޙަބާކީ ފުރަތަމަ ކްރޫޒް ޝިޕް އައިސްފައިވަނީ ސީޝެލްސްއިންނެވެ. އަދި މި ކްރޫޒް ޝިޕުން އައި ފަރާތްތަކަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަނާއާ ދިމާކޮށް ރާއްޖެއަށް، ކްރޫޒް ޝިޕްތަކާއި އެނޫންވެސް ގޮތްގޮތުން އަންނަ ފަތުރުވެރިން ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދާއިރު އަހަރުގެ މިހާތަނަށް 93،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަން ފާހަގަކުރެއެވެ.
މިދިޔަ އަހަރަކީ ރާއްޖެއިން ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަަހަރެކެވެ. އެގޮތުން މިދިޔަ އަހަރު ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އަހަރު ނިންމާލީ ޖުމްލަ 2,246,516 ފަތުރުވެރިންނާއެކު އެވެ.