ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދަމުން އަންނަ ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ޖެނުއަރީ 04 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނީ ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން 2025 ޑިސެމްބަރު 21 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ 2025 ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ވެސް ވަނީ ޔަގީންކުރެވިފައިކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.