ބޮޑު ތަފާތަކުން މާލޭ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް ކަށަވަރުކުރައްވައިފި އެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގައ އިންތިޚާބުގައި މާލެ ސިޓީގެ މާޔަރުކަމަށް ވާދަކުރީ މިހާރުގެ މޭޔަރު އާދަމް ޢާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެެވެ.

މި ޕްރައިމަރީގައި ޖުމްލަ 154 ކެންޑިޑޭޓަކު ވާދަކުރިއެވެ. އަދި ފަސް ހާހަށް ވުރެ ގިނަ މީހުން މާލޭގެ އެކި ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

މި އިންތިޚާބުގައި ޖުމްލަ 65 ވޯޓު ފޮށި ބަހަޓާފައިވާ ކަމަށާއި އެއީ އަތޮޅުތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 14 ފޮއްޓާއި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 17 ވޯޓު ފޮށީގެ އިތުރުން، މާލެއިން ބޭރުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށި ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ހުކުރު ދުވަހު ޕްރައިމަރީ ބާއްވާފައިވާއިރު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ވަނީ މިދިޔަ ޑިސެމްބަރު މަހު ޕްރައިމަރީ ބާއްވާފައެވެ.