ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، އެ ސަރަހައްދުން 59 ހެކްޓަރު ބިން ހިއްކާ ނިމިފައިވާ މިހާރު ނިމިފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ (އެމްއޭސީއެލް)އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ، އެ މަސައްކަތުގެ 59 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކާ ނިމިފައި މިހާރު ވާއިރު، އެއީ މުޅި މަޝްރޫއުގެ %94 މަސައްކަތް ކަމަށެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާ ވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.