މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައި ގެއްލުނު 2 މީހަކު ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ "ބަލްމާ 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް މިއަދު ހެނދުނު 7:27 ޖަހާކަށްހާއިރު ބަންޑުން ޖަހާލާފައިވާ ކަމަށެވެ. އެބޯޓުން 4 މީހުން ދަތުރު ކުރި ކަމަށާއި އޭގެތެރެއިން 2 މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން އަންނަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި، ބިދޭސީއެއް ކަމަށް މައުލޫމާތު ދެ އެވެ.
ބޯޓު ބަންޑުން ޖަހާލާފައިވަނީ ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށެވެ. އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓުގާޑް ޑައިވަރުންގެ ޓީމެއް އެސަރަހައްދުގައި މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.