ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި، އަސާސީ މުދާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެސްޓީއޯއިން އެތެރެކުރާ އަސާސީ މުދަލުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްތަކުގައި ވިއްކާނެ އޭޖެންޓުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ރައްޔިތުންނަށް ހެޔޮއަގުގައި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން، އެސްޓީއޯއިން 10 ބާވަތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީގެ އިތުރުން ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށި، ބާޒާރަށް ނެރެ ވިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ސިޔާސަތު ތަންފީޒުކުރެއްވުމަށް، އެސްޓީއޯ މެދުވެރިކޮށް މިތަކެތި އެތެރެކުރަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވީ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭގެފަހުން މިތަކެތި އެސްޓީއޯއިން ވިއްކަމުން އަންނައިރު މި 23 ބާވަތް ވިއްކުމަށް އެޖެންޓުން ހޯދުމަށް މިވަނީ އިއުލާންކޮށްފައެވެ. އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ވިޔަފާރިކުރުމުގެ ގާނޫނީ ހުއްދަ އޮންނަ ފަރާތްތަކށެވެ. އެސްޓީއޯއިން ބުނީ ކޮންމެ ރަށަކުން ހޯދާނެ އެޖެންޓުން ކަނޑައަޅާފައިވަނީ އެރަށެއްގެ އާބާދީއަށް ބެލުމަށްފަހުކަމަށެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދާ ރަށްތަކަކީ:

ހއ ދިއްދޫ

ހއ އިހަވަންދޫ

ރ އަލިފުށި

ރ ދުވާފަރު

ޅ ނައިފަރު

ލ ގަމު

ގދ ގައްދޫ

އެޖެންޓް ފޯމް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 22 ޖަނަވަރީ 2026 15:00 ކުރިންނެވެ.