ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕިކްނިކް ދިއުމަށް ޚާއްޞަ ރަށެއް ތަރައްޤީކުރުމަށް "ޕިކްނިކް އައިލެންޑް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް" ކޮންސަލްޓަންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިޢުލާންކޮށްފިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން ޢިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިދިޔަ އަހަރު އެވެ.

މިކަމާއި ގުޅިގެން ކޮންސަލްޓެންސީ ހޯދުމަށް މިނިސްޓްރީ އޮފް ސޯޝަލް ޑިވެލޮޕްމަންޓުން ކޮށްފައިވާއިއުލާންގައިބުނެފައިވަނީ ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ޖަނަވަރީ 25 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން bid@msfd.gov.mv އަށް އީމެއިލް ކުރުމަށް އެދިފައެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޖަނަވަރީ 21 ވާ ބުދަ ދުވަހުގެ 14:00 ގެ ރަޖިސްޓްރީކުރުމަށް އެދިފައިވެއެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ޖަނަވަރީ 28 ވާ ބުދަ ދުވަހުގެ 10:00ގައިކަމަށް އެމިނިސްޓްރީން ބުނެއެވެ.