ވަހީ އަންނަކަމަށް ބުނެ އިސްލާމީ ޢަޤީދާއަށް ތައުހީނުވާގޮތައް ވާހަކަ ދެއްކި މީހާއަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ވަހީ އަންނަ ކަމަށް ބުނެ އިސްލާމީ ޢަޤީދާއަށާއި ކީރިތި މާތް ނަބިއްޔާއަށް ތައުހީނުވާ ގޮތައް ވާހަކަދައްކާފައިވާ މީހާގެ މައްސަލަބަލައި ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި 15 ފެބްރުއަރީގައި މިނިސްޓްރީން ރަސްމީކޮށް އެދިފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުލުހުން ދެންމެ ބުނީ މި މައްސަލަ ބަަލަމުން އަންނަ ކަމަށެވެ.
"ދީނަށް ފުރައްސާރަކޮށް، ސޯޝަލް މީޑިއާގައި ޕޯސްކޮށްފައިވާ ވީޑިއޯތަކެއް ފުލުހުންގެ ސަމަލުކަމަށް ވަަނީ އައިސްފައި.މި މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން." ފުލުހުން ބުނެފައި ވެއެވެ.
ޓިކްޓޮކް ލައިވް މެދުވެރިކޮށް ދިވެހި ފިރިހެނަކު ދަނީ ދީނާ ހިލާފު އެކި ވާހަކަތައް ދައްކަމުންނެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ބެލެވޭ ގޮތުގައި އެ ފިރިހެންމީހާ ދީނަށް ފުރައްސާރަ ކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ހުރެގެންނެވެ.