1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްގުވާމީ އިސްލާމީ ޖަމާއަތްތަކަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ރައީސް އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި ވިދާޅުވީ، މި މައްސަރަކީ އިސްލާމީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށެވެ.

މީގެ އިތުރުން ނާއިންސާފު ކެކުޅުންތައް ތަހައްމަލުކުރަންޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުން ފާހަގަކުރައްވާ، އެމީހުންއަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަހުންނާއި އުހުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން ރައީސް ދުއާ ދަންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ.