ރަމަޟާން މަހަށް ހާއްސަކޮށް، ހުޅުމާލޭ ފޭސް 2 ގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓު ހުޅުވައިފިއެވެ.
މިއީ، މި ރަމަޟާން މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީ ކުރި މާރުކޭޓެކެވެ.
އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެއެވެ.
އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައެވެ. އެޗްޑީސީން ބުނީ މި އަހަރުގެ މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހިމެނޭކަމުގައެވެ.