ރޯދަ މަހު ދުވާލު ވަގުތު މަގުމަތީގައި ކައިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
ރޯދަ މަހު ދުވާލު ކައިގެން ހައްޔަރުކުރީ ގދ. ވާދޫ/ ޖަވާހިރުމާގެ، ރާއިފް އަލީ(25އ.) އަދި ސ. ފޭދޫ/ ޔެލޯ ހައުސް، މުހައްމަދު ޝިއުނީޒް(41އ.) އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރާއިފް ވަނީ މަގުމަތީގައި ޗުވިންގަމެއް ކައިފައެވެ. އަދި ޝިއުނީޒް ހައްޔަރުކުރި މައްސައިގެ ތަފްސީލެއް ބަންދުކުރަން ނެރުނު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ. އެ މައްސަލައިގައި ރާއިފްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާއިރު، ޝިއުނީޒްގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފައެވެ.
މި ދެ މީހުންނަކީވެސް ބަންދާއި ހައްޔަރުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.