ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ހުޅުވައިފިއެވެ.

ކުޑަފަރީގެ ބަނދަރު ސަރަހައްދުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވީ ސަން ސިޔާމެވެ.

މި މިސްކިތުގެ ނަން ނިސްބަތްކޮށްފައި ވަނީ ސަން ސިޔާމްގެ ބައްޕާފުޅަށެވެ. އެ މިސްކިތުގެ ނަމަކީ “މަސްޖިދު މުޙަންމަދު ޤާސިމް” އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ 150 މީހުންގެ ޖާގައިގެ މި މިސްކިތެއް ކަމަށެވެ.

"އަދި މިއީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެން ބިނާކުރެވިފައިވާ މިސްކިތެއް." މިނިސްޓްރީން ބުނެފައި ވެއެވެ.

ކުޑަފަރީގައި މިހާރުވެސް “މަސްޖިދު ޝަމީމާ ޢަބުދުﷲ”ގެ ނަމުގައި ސަން ސިޔާމްގެ މަންމާފުޅަށް ނިސްބަތްކޮށް އަޅުއްވައިދެއްވައިފައިވާ 700 މީހުންގެ ޖާގައިގެ މިސްކިތެއް ހުރެއެވެ.