މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތަކާއި ރަޖިސްޓަރީ ނުކޮށް މަގުތަކުގައި ބަހައްޓާފައިވާ އަދި އެހެން ޒޯނުތަކަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތައް އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 11:30 ގެ ކުރިން ނުނަގާ އުޅަނދުތައް ޖެހިގެން އަންނަ ހޯމަ ދުވަހުން ފެށިގެން ޓޯކޮށްގެން ގެންދާނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ ރޭ 11:30 ހަމަވާއިރު ނުނަގާ އެފަދަ އުޅަނދުތައް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދާއިރު އާއި ގެންދިއުމަށް ފަހު ލިބޭ ގެއްލުމަކަށް ވެސް ފުލުހުން ޒިންމާ ނުވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޓޯކުރެވޭ އުޅަނދުތައް ޓޯކުރުމަށް ފަހު، ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެެވެ.