ގެއްލިގެން ހޯދަމުންދިޔަ އިބްރާހީމް އިމްތިޔާޒް ޢަލީ، މިރޭގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިމްތިޔާޒު ހޯދަމުން އަންނަކަން ހާމަކޮށް ފުލުހުން އިއްޔެ ބުނީ ފެބްރުއަރީ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިކަމަށް ބުނެ ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމައެއްނުކުރެއެވެ.