އައްޑޫސިޓީ ފޭދޫ ސެލޫނެއްގައި މަސައްކަތްކުރާ ބިދޭސީއަކު އިސްލާމްވެއްޖެއެވެ.

އިސްލާމް ވެފައި ވަނީ ސ. ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އިސްލާމް ވުމުގެ ކުރިން އޭނާގެ ނަމަކީ ޖަޔަސިންހާ އަރަޗިގެ ވަރުނާ ޕްރަބާތު އެވެ.އެ މީހާ، އިސްލާމްވީ މިއަދުގެ އަސުރު ނަމާދަށް ފަހު އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފޭދޫގެ ބޮޑު މިސްކިތުގެ ތެރޭގައި އޭނާއަށް ޝަހާދަށް ލައިދީފައި ވަނީ އެ މިސްކިތުގެ އިމާމެވެ.

އިސްލާމްވުމަށްފަހު އޭނާގެ ނަން ވަނީ އަބްދުﷲ އާދަމްއަށް ބަދަލުކޮށްފައެވެ.

މީގެ ހަފުތާއެއް ކުރިން ރާއްޖޭގައި، ބިދޭސީ ފަތުރުވެރިއަކުވެސް ވަނީ އިސްލާމްވެފައެވެ. އެއީ ނޮދަން އަޔަލޭންޑުން ރާއްޖެއަށް ޗުއްޓީއަށް އައިސް ދިއްފުށީގައި އުޅުނު އަންހެން ފަތުރުވެރިއެކެވެ.