އަނބު ޕުޑިން އަކީ މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ފޮނި ކާއެއްޗެކެވެ. ތިރީގައި އެވަނީ މީރު އަނބުޕުޑިންއެއް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
- 4 ދޮންއަނބު
- 1 ދަޅު ގެރިކިރު
- 3 އެމްއެލް ވެނީލާ އެސެންސް
- 1 ޖޯޑު ފެން
- 2 ސައިސަމުސާ ޒުވާރިފުށް
ތައްޔާރުކުރާނެ ގޮތް:
އަނބު ކޮށާލުމަށްފަހު ބައިޖޯޑު ފެން އަޅައިގެން މިކްސަރުން މުގުރާލުމަށްފަހު ދެބައި ޖޯޑުގެ ފެނާއި ގެރިކިރު އަދި ވެނީލާ އެސެންސް އަޅައިގެން މަޑުގިނީގައި އަނބު ކައްކާލާށެވެ.
އަނބުކޮޅު ކެކިގަތުމުން ފެންފޮދެއްގައި ކޯރން ފްލާރ ގިރާލާފައި އަޅާލާށެވެ.
އޮލަވުމުން ބާލާފައި ތައްޓެއް ނުވަތަ ތަބަކަކަށް އެޅުމަށްފަހު އާދައިގެ ހޫނުމިނަށް އަންނަންދެން ބަހައްޓާށެވެ.
ދެން 4 ނޫނީ 5 ގަޑިއިރު އައިސްއަލަމާރީގައި ބަހައްޓާށެވެ. އޭރުން ހުންނާނީ އަނބު ޕުޑިން ތައްޔާރުކުރެވިފައެވެ.
މި ޕުޑިން ސާރވް ކުރާއިރު މައްޗަށް ކުދިކޮށް ކޮށާފައި ހުރި އަނބުކޮޅެއް، ނުވަތަ އައިސްކްރީމް އަޅާލުމުން މީރުވާނެއެވެ.