ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ގާއިމްކުރުމަށް 14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އެ ރަށްރަށަށް ފޮނުވަން ފަށައިފިއެވެ.

ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ރަށްރަށުގައި ކުދިން ކުޅެލާނެ ޕާކެއް ނެތުމުގެ ސަަބަބުން އެ ޝަކުވާތައް ރައީސާ ހިއްސާކޮށްފައިވެ އެވެ. އެހެންކަމުން ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެ އެވެ.

އެގޮތުން 57 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

ކުޑަކުދިންގެ ޕާކު ތަރައްްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެންނެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ، އެސްޓީއޯގެ އިތުރުން އެމްޓީސީސީ ހިމެނެއެވެ.

މި ފަހަރު ޕާކު ސެޓްތައް ފޮނުވާފައިވަނީ އާރްޑީސީއާ ހަވާލުކޮށްފައިވާ 2 ރަށަކަށާއި، ފެނަކައާއި ހަވާލުކޮށްފައިވާ 6 ރަށާކަށާއި އަދި އެސްޓީއޯގެ ސީއެސްއާރުގެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ 2 ރަށެއްގެ އިތުރުން އެމްޓީސީސީން ކުރިއަށް ގެންދާ 4 ރަށަށެވެ.

ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 12 ރަށެއްގައި ޕާކް ތަރައްގީކުރުމުގެ މަސައްކަތް 3 އެސްއޯއީއަކާއެކު 29 މާޗް 2026ގައި ސޮއިކޮށްފައިވެ އެވެ. އަދި ދެވަނަ ފިޔަވަހީގައި 40 ރަށުގެ އިތުރުން 30 ރަށެއްގެ ޕާކު ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ.

ބާކީ 8 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްތައް ކަމަށް މިނިސްޓްރީން ބުނެ އެވެ.