އިމްޕޯޓް ޑިއުޓީ ނުދައްކައި ތަންތަނަށް މަތިންދާ ބޯޓުތަކުން 26 ޔުނިޓު ފޮނުވައިފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ބުނެފިއެވެ.

އެމްޕީއެލް އިން އާންމުކޮށްފައި ވާތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކަނޑުމަތިން ގެންނަ މުދާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް އިމްޕޯޓް ޑިއުޓީ ނުދައްކައި ތަންތަނަށް މަތިންދާ ބޯޓުތަކުން 26 ޔުނިޓު ފޮނުވާފައިވެއެވެ.

މީގެ އިތުރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 140 ޓަނުގެ މުދާ ސީ ޓު އެއާ ޓްރާންސްޝިޕްމެންޓް ތަކުގައި ހިމެނެއެވެ.

އެގޮތުން މުދާ ފޮނުވާފައިވާ ގައުމުތަކަށް ބަލާލާއިރު އިޓަލީ، ޔޫއެސް، ފަލަސްތީން، ނެދަލެންޑްސްގެ އިތުރުން ތުރުކީ އަދި އިނގެރޭސިވިލާތު ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މި މަސައްކަތުގައި ހަރަކާތްތެރި ވެފައިވާ އެއާލައިން ތަކަށް ބަލާލާއިރު ވާޖިން އެޓްލާންޓިކް، އެތިހާދް، ލުފްތަންސާގެ އިތުރުން ސްވިސް އަދި ޓާކިޝް އެއާލިންސް ހިމެނެއެވެ.