ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިއަހަރުގެ އޮކްޓޯބަރުމަހު ބޭއްވުމަށް ނިންމައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީސީސީ) އިން ބުނީ މި އަހަރުގެ މި މައުރަޒު ބޭއްވުމަށް ނިންމާފައި ވަނީ އޮކްޓޫބަރު 23 އިން 31އަށް ކަމަށެވެ.
ބީސީސީން ބުނީ މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހު ރަސްމީކޮށް ހުޅުވާލާނެކަމަށެވެ.
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ.