ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ފިޠުރު ޢީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޢީދު ސައި ބާއްވައިފިއެވެ. ބީއެމްއެލް އިން ބުނީ ޢީދު ސައި ހަރަކާތްތައް ބާއްވާފައި ވަނީ ބީއެމްއެލްގެ ބްރާންޗްތައް ގާއިމުކޮށްފައިވާ 33 ރަށުގައި ކަމަށެވެ.

ބީއެމްއެލްއިން އެ ރަށްތަކުގައި ޢީދު ސައި ބާއްވާފައި ވަނީ ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެންނެވެ.

އަދި ޢީދު ސައި ބާއްވާފައި ވަނީ އާއިލާތަކާއި ރަށުގެ ރައްޔިތުންނަށް އެކުގައި ބައިވެރިވެ، އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ފަދަ އެކުވެރި މާހައުލެއްގައި ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ.

2019 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން އަންނަނީ އެކި ރަށްރަށުގައި ޢީދު ސައި ހަރަކާތްތައް ބާއްވަމުންނެވެ.