ޢީދު ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފޮނުއްވައިފިއެވެ.
ގާސިމް އިބްރާހިމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޖުރީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރުޢީދުގެ އިޚްލާޞްތެރި ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަދި މުޅި އިސްލާމީ އުންމަތަށް އަރިސްކުރައްވާފައެވެ.
މީގެ އިތުރުން ގާސިމް ވަނީ އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތަކާއި ނިކަމެތިކަމާއި ބިރުވެރިކަމުން ސަލާމަތްވެ، އަމާން އަދި ސުލްހަވެރި ދުވަސްތަކެއް މުޅި އުންމަތަށް މިންވަރު ކުރެއް ވުމަށް ދުއާ ކުރައްވާފައެވެ. އަދި މި މަތިވެރި ރަމަޟާން މަހުގައި އަޅަމެން ކުރި ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާ އަޅަމެންނަށް ހެޔޮ ދަރުމަ الله ތަޢާލާ ދުއާ ދަންނަވާފައެވެ.