ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، އދ އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި ނިޔާވެފައިވާ މައްސަލައެއް މިއަދު ހެނދުނު 09:59 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ ޖަރުމަނު ވިލާތުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.