ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓްގައި އެކަމަށް "ފެންނަ" ކަމަށް ވޯޓްދޭން ޖެހެނީ އެކަމުން ރައްޔިތުންނާއި ގައުމަށް ފައިދާ އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު އޮތްގޮތުން ޤައުމާއި ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމަށެވެ.
ރައިސް އިތުރަށް ވިދާޅުވީ ގައުމީ ވިސްނުން ނެތް ބަޔަކު ވެރިކަން ކުރާނަމަ އޭގެ ނަތީޖާ އަންނާނީ ވަރަށް ގޯސްކޮށް ކަމަށެވެ.
ހެޔޮ ވިސްނުމެއް ނުވިސްނާ، ގައުމީ ރޫހު ނެތް ސުޕަ މެޖޯރިޓީ އެއް މަޖިލީހަށް އައިސްފި ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތެއް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ އެއްވެސް ވަރަކަށް ސިޔާސި ވާހަކައެއް ނޫން ކަމަށެވެ. އަދި ގައުމަށް އިސްލާހީ މާނަހުރި ބަދަލުތައް ގެންނަން އެދިވަޑައިގަންނަވާ ކަމަށްވެސް ރައިސް ވިދާޅުވިއެވެ.