11 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުތަކަކީ މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.

މި އެއްބަސްވުންތަކުގައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާއިލް ހަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން 11 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެއީ ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުންޏެވެ. މީގެ އިތުރުން އެ ކުންފުންޏާ ވަނީ ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށްވެސް ހަވާލުކޮށްފައެވެ.

މި އިތުރުން ވެސް އެ ކުންފުންޏާއި ވަނީ ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށާއި އަދި ފުވައްމުލަކު ސިޓީގައި ގާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށްވެސް ހަވާލުކޮށްފައެވެ.