ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ އެޑްމިޝަން ފަށައިފިއެވެ.
އެ ސްކޫލުން ބުނީ މިހާރު އެޑްމިޝަން ފަށައި، އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށެވެ.
މި އަހަރު އެޑްމިޝަން އަށް ހުޅުވާލި އިރު، ހުޅުވާލި ފުރުސަތުތަކާއި އަދި ދަރިވަރުންނަށް ހުރި ކިޔެވުމުގެ އެކި އެކި ފުރުސަތުތަކުގެ ތަފްސީލު ވަނީ ހާމަ ކޮށްފައެވެ.
ނަމަވެސް ކްރައިޓީރިއާ ތަރުތީބުން އަންނަނީ ސްކޫލްގައި ޖާގަ ހުރި ވަރަކުން ކަމަން ފާހަގަކޮށް އަބަދުވެސް ބެލެވޭނީ އެންމެ މަތީ ޝަރުތައް ކަމަށާއި، އޭގެ ފަހުން ދެން ދަށަށް ހުންނަ ޝަރުތުތައް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ސިދާ މިއަހަރު ސްކޫލުގައި ޖާގަ ހުޅުވާލެވިފައިވާ ގޮތުގެ ތަފްސީލުތައް ފަހުން އިއުލާން ކުރާނެއެވެ.
އެ ސްކޫލުން ބުނީ އެޑްމިޝަން ޕްރޮސެސް އޮތީ ދިގުކޮށް ކަމަށެެވެ.
ސްކޫލުން ނަތީޖާތައް ބެލުމަށް ފަހު ކެރިއާ އެޑްވައިސަރީ މީޓިން ތައް ދަރިވަރުންނާ އެކު ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.
އޭޕްރިލް 1 އިން އޭޕްރިލް 20 އަށް ޕްރީ އެޕްލިކޭޝަން ޕްރޮސެސް ކުރިއަށް ދާނެ ކަމަށް ބުނެއެވެ. ނަމަވެސް ސްކޫލައް ވަނުމުގެ ސީދާ އެޕްލިކޭޝަން ދަރިވަރުން ޖެހޭނީ އޯލެވެލް ލިބުމަށް ފަހު ދެވަނަ ފަހަރަށް އެޕްލިކޭޝަން ފޮމަށް ވަދެ، އެޑިޓް ކުރަން ކަމަށް ބުނެފައިވެއެވެ.
މިގެ އިތުރުން އޯލެވެލް ފުރަތަމަ ނަތިޖާ އަޕްޑޭޓް ކުރާ ދުވަހުން ފެށިގެން މޮކް އެގްޒާމްގައި ލިބިފައިވާ ނަތީޖާ އަށް ބޮޑު ފަރަގެއް ނެތް ނަމަ އެދުވަހުން އެދުވަހަށްވެސް ކުދިންނަށް އެޑްމިޝަން އޮފާ ކުރަމުން ދާނެ ކަމަށް ބުނެފައިވެއެވެ.