ޖަލްސާގެ މައްސަލައިގައި ކަން ހިނގާދިޔަ ގޮތް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހާމަކޮށްދެއްވައިފިއެވެ.
ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ޣަފޫރު ވިދާޅުވީ ޕްރޮގުރާމް ހަމަޖައްސާފައި އޮތީ ރައީސް އާއި، ޑަބްލިއުޑީސީ ގެ 5 ރައިސުންނާއި 5 މޭޔަރުންގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އަދި ސައްލެ ވާހަކަ ދައްކަވާ ގޮތަށް ކަމަށެވެ.
އެއަށް ފަހު އެރޭ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅުއްވާފައި ވާހަކަ ދައްކަން ބޭނުންވަވާ ވާހަކަ ވިދާޅުވިކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ ކޯލް ބޭއްވިތަނާ ރައީސް ނަޝީދު ވެސް ގުޅުއްވިކަން ހާމަކުރައްވާ ޣަފޫރު ވިދާޅުވީ ރައީސް ނަޝީދަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައިވާކަމަށެވެ.
ޣަފޫރު ވިދާޅުވީ ފޯނު ނުބޭއްވެނިސް ބްރޭކިން ނިއުސް އަށް ޖަލްސާ ބޮއިކަޓް ކުރިކަމަށް އަރުވާފައިވާކަމަށެވެ. އަދި ނުފޫޒު ބޭނުންކޮށްގެން ވަކި ކަމެއް ކޮށްފައި ނުވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވަނީ ދެން އެމްޑީޕި އާ ހަވާލުވާން ހުރީ ކާކުތޯ ސުވާލު ކުރައްވާފައެވެ.