ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާއިފިއެވެ.

މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ 09:15 ހާއިރުއެވެ.

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު މައުލޫމާތުދެއްވަމުން ވިދާޅުވީ ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް މައލުމާތުލިބެއެވެ.

މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެ ފިހުމާ ގުޅިގެން ފ. ފީއަލީ ސިއްހީ މަރުކަޒަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.