އޮޕަރޭޝަން އަލިމަގުގެ ދަށުން ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި މިއަދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން މި އަހަރުގެ ޖެނުއަރި 11 ވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ވަނީ ހަތަރު މީހެއް ހައްޔަރުކޮއްފައެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް (28އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަޙްމަދު މަދީޙު (33އ)، އައިޒަން / ގއ. ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޡާމް (35އ) ގެ މައްޗަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރިންވެސް އޮޕަރޭޝަން އަލިމަގުގެ ދަށުން ހައްޔަރު ކުރި 34 މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފަވެއެވެ.