އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާގެ ޝަރީޢަތްތައް މި މަހުގެ 12ވަނަ ދުވަހު ފަށަން ތާވަލުކޮށްފިއެވެ.
2019ވަނަ އަހަރުގެ ތެރޭގައި ނަތަންޔާހޫގެ މައްޗަށް ރިޝްވަތު ދިނުމާއި މަކަރާއި ހީލަތާއި އިތުބާރު ގެއްލުވާލުމުގެ ދައުވާ ވަނީ އުފުލާފައެވެ.
އަދި އެ މައްސަލަތަކުގެ ޝަރީޢަތް ފަށާފައި ވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ.
އިޒްރޭލުގެ ކޯޓުތަކުން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ޙާލަަތު އުވާލައި، ޝަރުޢީ ނިޒާމު އަލުން މަސައްކަތްކުރަން ފަށާފައިވާތީ ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް ކޯޓުގެ އަޑުއެހުންތައް ތާވަލުކުރަމުންގެންދާނެ ކަމަށެވެ.
އެގޮތުން އެ އަޑުއެހުންތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ ދުވަހާއި ބުދަ ދުވަހާ ދެމެދު ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
2020 ވަނަ އަހަރު ފެށި އެ ޝަރީއަތްތަކުގެ އެ ދައުވާތައް ކުރިއަށްގެންދަނީ ރަސްމީ ޒިންމާ އަދާ ކުރުމަށް ނަތަންޔާހޫއަށް ވަގުތު ދެމުންނެވެ.