ތ. ގާދިއްފުށި ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްފަށައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި މި މަޝްރޫޢު ނިންމަން ހަމަޖެހިފައި ވަނީ 10 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢު އަށް 110.5 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ.
ގާދިއްފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑުންނެނެވެ.
މި މަޝްރޫޢުގެ ދަށުން، ގާދިއްފުށީގެ އިތުރުން 11 ހެކްޓަރުގެ ބިން ހިއްކާއިރު، ބިން ހިއްކުމަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިން އެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
ގާދިއްފުށްޓަށް ބިން އިތުރުކޮށްދީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ އެ މަނިކުފާނު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުފައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.