ހޮޓަލެއްގެ ކޮޓަރިއެއް ބުކްކުރުމަށް ފޭކް ސްލިޕް ފޮނުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ނ. ވެލިދޫ، އިހާޒް، މުހައްމަދު އަނޫފް (25އ) އެވެ.

އޭގެ މައްޗަށް ތުހުމަތު ކުރަނީ މަކަރާ ހީލަތް އަދި ސައްހަ ލިޔުމަށް ބަދަލު ގެނައުމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައި އައިއޯއިން ފާހަގަކޮށްފައިވާ ގޮތުގައި އަނޫފް ވަނީ ހޮޓެލް ބުކިން ހެއްދުމަށްފަހު ފޭކް ސްލިޕެއް ފޮނުވާފައެވެ. ެއަދި އޭގެ ފަހުން ބުކިން ކެންސަލް ކުރުމަށްފަހު ރިފަންޑް ހޯދުމަށް އެދުނު ކަމަށާއި ނަގުދު ފައިސާއިން ރިފަންޑުގެ ފައިސާ ބަލައި ހޮޓަލުގެ އޮފީހަށް ދިޔައީ އަނޫފް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޯޓު އަމުރުގައިވާގޮތުން އޭނާ މީގެ ކުރިންވެސް މިފަދަ ކަމެއް ތަކުރާރުކޮށްފައިވާ ކަމަށާއި އެ ފަހަރު ބުކިން ހެއްދުމަށްފަހު ފައިސާ ފޮނުވުމަށް އެދި ފޮނުވާފައިވަނީ އޭނާގެ އަމިއްލަ އެކައުންޓް ނަންބަރަށް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުރަނީ މަކަރާ ހީލަތް އަދި ސައްހަ ލިޔުމަށް ބަދަލު ގެނައުމުގެ ތުހުމަތެވެ. ެެއެހެންކަމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.