ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ހުޅުމާލެއިން 15 ބިދޭސީން ބަލައި ފާސްކޮށް އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން އިއްޔެ ހެނދުނު ވަނީ ހުޅުމާލެ ފޭސް އެކެއްގެ ސައިމާ ހިނގުމާއި ހައިވަކަރު މަގުގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން، 15 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފާހަގަވުމުން އިދާރާތަކުގެ އެމީހުންނާ މެދު ޚާއްޞާ ގޮތްތަކެއް އަންނަނީ ނިންމަމުންނެވެ. މިގޮތުން ބައެއް މީހުން ޑީޕޯޓްކުރުމާއި، ޤަވާއިދަށް ފެއްތުމުގެ މަސައްކަތްތަކެއް ވެސް މީގެކުރިން ވަނީކޮށްފަ އެވެ.