މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، 12އުމުރުން 92 އަހަރުގައި މަރުވެއްޖެއެވެ.

އާޝާ ބޯސްލޭ މަރުވެފައި ވަނީ މެޔަށް ޖެހުނު އިންފެކްޝަނެއްގެ ސަބަބުން މުމްބާއީގެ ބްރީޗް ކޭންޑީ ޕްރައިވެޓް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

އާޝާ ބޯސްލޭ މިއަދު މަރުވެފައި ވަނީ އިއަޔެ ހަވީރުގެ ވަގުތެއްގައި ހޮސްޕިޓަލުގައި އެޑުމިޓުކޮށްގެން ފަރުވާދެމުން އަންނަނިކޮށް ފުއްޕާމޭގެ ބަލިތަކެއް ދިމާވެ ހިތް ހުއްޓި ގުނަވަންތައް ފެއިލްވުމާ ގުޅިގެންނެވެ. އޭނާ މަރުވިކަން ކަށަވަރުކޮށްދެމުން ދަރިފުޅު އާނަންދު ބޯސްލޭ ބުނީ، މާދަމާ ހެނދުނު 11 ޖަހާއިރު އާއިލާ ދިރިއުޅޭ ގެ ކާސާ ގްރަންޑޭގައި އާޝާ ބޯސްލޭއަށް އެންމެ ފަހުގެ އިޙުތިރާމް އަދާކުރެވޭނެ ކަމަށެވެ. އަދި ހަވީރު ހަތަރެއް ޖަހާއިރު ޝިވާޖީ ޕާކުގައި ޖަނާޒާ ބާއްވާނެކަމަށްވެސް އާނަންދު ބޯސްލޭ ވަނީ ހާމަކޮށްފައެވެ.

އޭނާ ވަނީ ލޯބީގެ މަޑުމައިތިރި ރާގުތަކުން ފެށިގެން، ހަލުވި ކެބަރޭ ލަވަތަކާއި، ގަޒަލްތަކާއި އަދި ޕޮޕް މިއުޒިކުގައި ވެސް އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދާފައެވެ.

އާޝާ ބޯސްލޭގެ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޕިޔާ ތޫ އަބް ތޯ އާޖާ" "ޔޭ މޭރާ ދިލް" އަދި "އިން އާންކޯން ކީ މަސްތީ" އާއި "ދިލް ޗީޒް ކިޔާ ހޭ" ފަދަ ލަވަތައް ހިމެނެއެވެ. މީގެ އިތުރުން އޭ.އާރް ރަހްމާނައެކު މަސައްކަތްކޮށް "ތަންހާ ތަންހާ" އަދި "ރަންގީލާ ރޭ" ފަދަ ޒަމާނީ ލަވަތައްވެސް ހިމެނެއެވެ.

އާޝާ ބޯސްލޭގެ މިއުޒިކީ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އޭނާއަށް ވަނީ އިންޑިއާގެ އެންމެ ޝަރަފުވެރި އެވޯޑުތައް ކަމަށްވާ ދާދާސާހެބް ޕާލްކޭ އެވޯޑާއި ޕަދްމަ ވިބޫޝަނަ ފަދަ މަތިވެރި ޝަރަފުތައް އަރުވާފައެވެ.