ފްލައި ދުބާއީއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކާގޯ ދަތުރުތަކެއް ފަށަން ނިންމައިފިއެވެ.

ފްލައިދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެ ދަތުރުތައް ފަށާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

މިއީ މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތަކެއްކަމަށާއި މިފަދަ ކާގޯ ދަތުރުތައް އާންމުކޮށް ނުކުރާކަމަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އިން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ސައީދު ވިދާޅުވީ، މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައިވާ ކަމަށެވެ. ވައިގެމަގުންނާއި ކަނޑުމަގުންވެސް ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ސަރުކާރުން މި ދަނޑިވަޅުގައިވެސް ހުއްޓުމެއްނެތި ކުރައްވަމުންނެވެ.